ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަަށް އަނެއްކާވެސް ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާ އަލަށް އައްޔަން ކުރެއްވި ޝިފްނާ އަބްދުލްޣަނީ އަށް އެ ހޮސްޕިޓަލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އާ ޕޮލިޓިކަލް ޑިރެކްޓަރަށް މަރުހަބާ ކިޔައި ކޭއާރުއެޗް އިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޝިފްނާ އެ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ އެ އިދާރާއިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށާއި މުވައްޒަފުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭނާ އަށް މަރުހަބާ ދެއްނެވުމަށް ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad
rt

ކޭއާރުއެޗް އިން ބުނި ގޮތުގައި، ޝިފްނާގެ ފަރާތުން ހޮސްޕިޓަލުގެ ކުރިއެރުމަށާއި ހިދުމަތްތަކަށް އަގުހުރި ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން އުންމީދު ކުރެއެވެ.

May be an image of one or more people, dais and text

މީގެއިތުރުން، ޝިފްނާ އަލަށް ހަވާލުވެވަޑައިގަތް މި އާ މަގާމުގައި އޭނާ އަށް ފުރިހަމަ ކާމިޔާބީ އާއި ކުރިއެރުމަށް އެދޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސިޔާސީ މަގާމަކަށް މިއަހަރުގެ ކުރީކޮޅު ވެސް ބޭފުޅަކު އައްޔަންކުރައްވާފައިވެއެވެ. އެގޮތުން، މި އަހަރުގެ މޭ މަހުގައި އެ ހޮސްޕިޓަލުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަސްލަމް މުހައްމަދު ވަނީ އައްޔަންކުރައްވާފައެވެ.