ށ. ނަރުދޫގައި ޚާއްޞަ ދީނީ ޕްރޮގްރާމެއް މި އޯގަސްޓް މަހުގެ 6 އަދި 7 ގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އިސް ދައުރެއް އަދާކުރާ .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މިއީ "މަންފާ ދަތުރު" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "މަންފާ ދަތުރު" ގެ ނަމުގައި .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަމްޒު ސްޕޯޓްސް އެކަޑެމީ އާއި ނަރުދޫ ކައުންސިލް އަދި މަންފާ އެކަޑެމީ ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން އޯގަސްޓް 6 އަދި 7 ވަނަ ދުވަހު ޖުމްލަ ހަތަރު ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވާނީ އައްޝެއިޚް އާދަމް ނިޝާން އަަދި މަންފާ އެކަޑަމީގެ ޗެއާމަން އަލްއަޚް ޢަލީ ރަމީޒެވެ.

މި ޕްރޮގްރާމްގައި އޯގަސްޓް 6 ވަނަ ދުވަހު ނަމާދު ސެޝަނަކާއި ބަންގި ސެޝަނެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، އެރޭ ރޭގަނޑު އާންމު ދަރުހެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި އޯގަސްޓް 7 ވަނަ ދުވަހު ކޮފީ ވިތު ޔޫތު ކުރިއަށް ގެންދަން ނިންމާފައިވާއިރު އެދޭ އަންހެނުން ބޭފުޅުންނަށް ހާއްސަ ދަރުހެއް ކުރިއަށް ގެންދާނެއެވެ.

ރާއްްޖޭގައި ދީނީ އިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން "މަންފާ އެކެޑަމީ" ރަސްމީކޮށް އިފްތިތާހްކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.