ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައެވެ.

މި އޮފާތަކަކީ ކަސްޓަމަރުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، މިނިވަން ދުވަހުގެ އުފާވެރިކަން ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހަދިޔާތަކެކެވެ.

Ad
d

މިނިވަން 61 ޑޭޓާ ޕެކް

މިނިވަން ދުވަހުގެ އެންމެ ހާއްސަ އެއް އޮފާއަކީ "މިނިވަން 61" ޑޭޓާ ޕެކެވެ. މި ޕެކް މެދުވެރިކޮށް އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ލިބިގެންދާނެއެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭ މި އޮފާ ކުރިއަށްދާނީ 25 ޖުލައި އިން ފެށިގެން 31 ޖުލައި 2026 ގެ ނިޔަލަށެވެ. މީގެ އިތުރުން، މި ޕެކް ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ހަދިޔާކުރުމުގެ ފުރުސަތުވެސް އުރީދޫއިން ވަނީ ހުޅުވާލާފައެވެ.

ހިލޭ ކޯލާއި އެސް.އެމް.އެސް

މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ވަގުތުކޮޅެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އިން ހަވީރު 16:00 އަށް އުރީދޫގެ ހުރިހާ ނަންބަރުތަކަކަށް ހިލޭ ކޯލާއި އެސް.އެމް.އެސް ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނިގޮތުގައި، މި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް ހަލުވި ސްޕީޑްގެ ޑިޖިޓަލް ތަޖުރިބާތަކެއް ލިބިދިނުމަށެވެ. "މިނިވަންދުވަސް ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫއިން ހާމަކުރިއެވެ.

Ad
df

މިފަދަ ގައުމީ މުހިންމު މުނާސަބަތުތަކުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އުފާވެރި ގޮތްތަކެއް ހޯދައިދިނުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.