ފަލަސްތީނަށް އެހީވުމަށް 50,000 އެމެރިކާ ޑޮލަރުގެ އެހީ ދިވެހިރާއްޖެއިން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ.

މި އެހީގެ ވައުދު އިއުލާނުކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

Ad
d

އދ. ގެ ހެޑްކުއާޓާޒްގައި 1 ޖުލައި 2026 ގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ގެ ޕްލެޖިން ކޮންފަރެންސްގައި، މި އެހީ ޢިއުލާންކުރަށްވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭ އަށް އެހީތެރިވުމަކީ ހަމައެކަނި ބަޖެޓާ ގުޅޭ ނިންމުމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތް ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ހިމާޔަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ދާއިމީ މަންދޫބުގެ ބަޔާނުގައި ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ އެޖެންސީއާ ދެކޮޅަށް ކުރެވޭ ދޮގު ތުހުމަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެ އެޖެންސީގެ މުހިންމު ޒިންމާތައް އަދާކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން ޑރ. އަލީ ނަސީރު މުހައްމަދު ތަކުރާރު ކުރެއްވިއެވެ.

Ad
df

ދިވެހި ސަރުކާރުން ވަނީ 2024 ވަނަ އަހަރުވެސް ޔޫއެންއާރުޑަބްލިއުއޭ އަށް 50,000 އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފައެވެ.