ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމެންޓްރީ “ހާޓުސީން” ގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ އަކަށް އޫރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނެފައި “ހާޓުސީން” ގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ އަކަށް އޫރިދޫ މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ އެޓީމުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރިހަމަކަމެއް އަދި އިތުރު ހިއްވަރެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި އޫރިދޫ މޯލްޑިވެސް ގެ ފަރާތުން މިފަދަ ކަންކަމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް އެޓީމުގެ ފަރާތުން ޝުކުރު އަދާ ކުރާކަމަށެވެ.
ހާޓުސީންގެ ސޫޓިންގްތަކުގެ ތިންވަނަ ބުރު ނެގުމުގެ މަސައްކަތް އެޓީމުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހއ އަތޮޅު އިހަވަންދޫ، މޮޅަދޫ، މާރަންދޫ އުތީމު އަދި ބާރަށުގެ މަންޒަރުތައް ނެގުމަށް މާދަމާ ދަތުރު ފަށާނެ ކަމަށް އެޓީމުން ވަނީ ބުނެފައެވެ.
މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ. މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ ”ހާޓުސީން“ ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com އަށް އީމެއިލް ކުރެއްވުމަށް އެދެއެވެ. “ހާޓުސީން” ހޮޓްލައިން އަކީ 7739199 އެވެ.
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާރޓްނަރ އަކީ އޫރިދޫ މޯލްޑިވްސް އެވެ. އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ ”މާރެސް- ޖުސްޓް އެޑް ވޯޓަރ“ އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ ”ސްޓަރބިސިސް“ އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ ”އައިހާ“ އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ ”އޮބްޖެކްޓްސް ”އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ ”ތިލަދުން“ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!