ހއ. މޮޅަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މޮޅަދޫ ކައުންސިލުން ބުނިގޮތުގައި މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.
މޮޅަދޫ ކައުންސިލުން ވަނީ އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށްޓަކައި، މުއައްސަސާތަކުގެ މުވައްޒަފުންނާއި ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ދިން ފުރިހަމަ އެހީތެރިކަމަށް، ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
މޮޅަދޫ ގޮނޑުދޮށް ހިމާޔަތްކޮށް ދިނުމަށް އެދި އިލްތިމާސްގެ މެސެޖު ދައްކާލަނީ، ފޮޓޯ: މޮޅަދޫ ކައުންސިލް
މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް ދިނުމަށް އެދި އިލްތިމާސްގެ މެސެޖުތަކާއެކުގައެވެ. މިގޮތުން މިހަރަކާތުގެ ތެރެއިން އެރަށުގެ ގިރަމުންދާ ގޮނޑުދޮށުގައި ތިބެގެން ރަށުގެ ރައްޔިތުން ވަނީ ޝުއޫރާއި އިލްތިމާސްގެ މެސެޖު ހިމެނޭ ބޯޑުތައް ދައްކާލާފައެވެ.
މޮޅަދޫ ގޮނޑުދޮށް ހިމާޔަތްކޮށް ދިނުމަށް އެދި އިލްތިމާސްގެ މެސެޖު ދައްކާލަނީ، ފޮޓޯ: މޮޅަދޫ ކައުންސިލް
ބައެއް ބޯޑުތަކުގައި ''ސޭވް ދަ ބީޗު''، ''އާބާދީ މަދުވުމަކީ އިހުމާލަށް އޮތް ހުއްޖަތެއްނޫން''، ''ދައުލަތުގެ އަޅާލުމާއި އެހީތެރިކަން މިކަމުގައި އިންތިހާއަށް ބޭނުންވޭ''، އަދި ''އަވަރ ރައިޓްސް އަވަރ ފިއުޗަރ'' ފަދަ މެސެޖުތައް ވަނީ ދައްކާލާފައެވެ.
މޮޅަދޫ އަކީ ހއ. އަތޮޅުގެ އެންމެ ބައި މަދު ރަށެވެ. އެރަށަކީ ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ރީތި ވެއްޓެއް ލިބިފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!