ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް" ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.
މިއީ މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ތަރައްޤީއަށް ކުރާ މުހިންމު މަސައްކަތްތައް ބަލައިގަތުމަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް މެދުވެރިކޮށް މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ އެކި ދާއިރާތަކުން ކުރިއެރުން ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރެވިގެންދާނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އިސްކަމެއްދޭ ދާއިރާތަކެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް ދިނުމާއި ގްރީން ފައިނޭންސް ކުރިއެރުވުން ހިމެނެއެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މީގެ ސަބަބުން ދާއިރާގެ ވާދަވެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް އެމްއެމްއޭއިން ތައާރަފްކޮށްފި
ރާއްޖޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް" ގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ. މިއީ މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ތަރައްޤީއަށް ކުރާ މުހިންމު މަސައްކަތްތައް ބަލައިގަތުމަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް މެދުވެރިކޮށް މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ އެކި ދާއިރާތަކުން ކުރިއެރުން ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރެވިގެންދާނެއެވެ.
ޖުމްލަ 7 ދާއިރާއަކުން އެވޯޑް ދެނީ
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އިސްކަމެއްދޭ ދާއިރާތަކެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް ދިނުމާއި ގްރީން ފައިނޭންސް ކުރިއެރުވުން ހިމެނެއެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މީގެ ސަބަބުން ދާއިރާގެ ވާދަވެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!