އެކުންފުނީގެ ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ފަތުރާ ވާހަކަ ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ދޮގުކޮށްފިއެވެ.

މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ.

Ad
d

މޯލްޑިވިއަން އިން މިކަން ދޮގުކޮށްފައި ވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެ ކުންފުނިން ބުނީ، އެކުންފުނީގެ ފްލައިޓްތަކުގައި އަލްކަހޯލް ވިއްކާކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާކަމަށެވެ. އަދި އެ ކުންފުނިން ވަނީ އެ ދޮގެއްކަން ކަށަވަރުކޮށްދީފައެވެ.

މޯލްޑިވިއަނުން ވަނީ ސައްހަކަން ކަށަވަރުނުވާ މިފަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފައެވެ.

ގައުމީ އެއާލައިނުން ދަނީ މާމިގިލި ފިޔަވާ ރާއްޖޭގެ ހުރިހާ މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި އިންޑިއާގެ ޓްރަވަންޑްރަމް، ކޮޗިން، ބެންގަލޫރު ހިމެނޭހެން ޗައިނާ އަށް ވެސް ގައުމީ އެއާލައިންގެ ދަތުރުތައް ކުރެއެވެ. އަދި އެހެން ބައެއް ބައިނަލްއަގްވާމީ މަންޒިލްތަކަށް ވެސް ދޭތެރެދޭތެރެއިން ޚާއްޞަ ފްލައިޓްތައް ބާއްވައެވެ.

Ad
df