ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް "ކަނބަލުންގެ މަސް ރޭސް 2026" ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުމްލަ 18 ޓީމަކުން ބައިވެރިވި މަސްރޭހުގެ ޓީމުތައް މަހަށް ފުރާފައި ވަނީ އިއްޔެ 15:00 ގައެވެ. އަދި އަނބުރާ މަހުން ލެފީ 21:00 ގައެވެ.

Ad
rt

ޓީމުތައް މަހުން ލެފުމާއެކު ބޮޑުބެރާއި އެކު ކުރިއަށް ގެންދިޔަ ފޯރިގަދަ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައިވެރިންނަށް ހުޅުވާލައިގެން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއެއް ގެންދިޔައެވެ. މިލަކީޑްރޯގައި 1 ވަނަ، 2 ވަނަ 3 ވަނަ އަދި 4 ވަނަ އަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ދީފައެވެ. މި އިނާމަކީ މުބާރާތުގެ މެއިން ސްޕޮންސަރ ''ފެންފިލާ މޯލްޑިވްސް'' އިން ހުށަހަޅާފައިވާ އިނާމް ތަކެކެވެ.

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ކަނބަލުންގެ މަސް ރޭހުން 1 ވަނަ ހޯދި ޓީމް ފަރިހި، ފޮޓޯ: ޑަބްލިޔުޑީސީގެ ވޯޑިއޯ

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ "ކަނބަލުންގެ މަސް ރޭސް 2026"ގެ އެންމެ ބަރު މަސް ބޭނިފަރާތަށް ހޮވިފައި ވަނީ ވާހޫގެ ނަތާޝާ އަބުދުއްރަޝީދު އެވެ. އޭނާ ބޭނި އެންމެ ބަރު މަހުގައި 6.70 ކިލޯ ހުއްޓެވެ.

މި މުބާރާތުގެ އެންމެ މޮޅުގެ ކެޔޮޅުގެ މަގާމާއި، 16 އަހަރު ދަށުގެ އެންމެ ހަގު އަދި އެންމެ ގިނަ މަސް ބޭނި ބައިވެރިޔާ މަގާމުވެސް ހޯދީ ޓީމް ފަރިހީގެ ޔުމްނާ ހަސަން އެވެ. އޭނާ ވަނީ 23 މަސް ބާނާފައެވެ.

މި މުބާރާތުގެ 3 ވަނަ ހޯދި ޓީމަކީ ޓީމު ދަމާނަގާ އެވެ. އެ ޓީމު ވަނީ 54.53 ކިލޯ މަސް ބާނާފައެވެ. 2 ވަނަ ހޯދީ 56.35 ޓީމު ޝަރަފް އެވެ. 1 ވަނަ ހޯދި ޓީމު ފަރިހި ވަނީ 67.25 ކިލޯ ބާނާފައެވެ.