ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދު މެންދުރުފަހު 15:00 ގެ ނިޔަލަށް ހަމަވިއިރު، ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ޖުމްލަ ދެ ކެންޑިޑޭޓަކު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން އެއް ކެންޑިޑޭޓަކާއި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އެއް ކެންޑިޑޭޓެކެވެ. މި ދެ ކެންޑިޑޭޓުންގެ ފޯމުވެސް މިހާރު ވަނީ ބަލައިގަނެފައެވެ.

Ad
rt

މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 ގެ ނިޔަލަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.