ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ބޮޑުތިލަދުއްމަތީގެ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ވަނީ އެމްޑީޕީއަށް ރައްޔިތުން ދިން ދެ ދައުރުގެ ވެރިކަމުގައި ގައުމަށް ދިން ގެއްލުމުގެ ވާހަކަ ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފަ އެވެ.
އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖޭގެ ހަރުމުދާ ރަހުނުކޮށް ރާއްޖެއިން ބޭރުން ބޮޑެތި އަދަދަުތަކުން ލޯނު ނަގާފައިވާކަމަށާއި ނަމަވެސް ތަރައްގީއަށް މިއިން އެއްވެސް ވެރިކަމަމަކު ކޮށްދިން ކަމެއް ނެތްކަމަށް މުހައްމަދު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ އިސް ފަރާތްތަކުން ދެކޮޅު ހަދަމުން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށް މެމްބަރު ވިދާޅުވި އެވެ.
"މިވެރިކަމުގައި މިހާ އަމާންކަމާއެކު ކުރިއަށްދަނިކޮށް އަނެއްކާވެސް މި ފާޅުވަނީ ވެރިކަން ގެއްލުނު ފަރާތްތައް ވެރިކަމުގެ ދަހިވެތިކަމުގައި . ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދާތަން މި ފެންނަނީ މިހާރު. މިއީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާކަމެއް. އެނޫން އެއްވެސް ކަމެއް ނޫން މިއީކީ. " ހައްމަަދު އިސްމާއީލް ވިދާޅުވެފަވެއެވެ.
ވެރިކަން ބޭނުންވެގެން އެމްޑީޕީގެ އިސް ބައެއް ވެރިން މިހާރު އުޅެމުންދާ ގޮތް ރައްޔިތުންނަށް ފެންނާނެކަމަށް މެމްބަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!