އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދެނެގަނެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 13 ވާ ހުކުރު ދުވަހުގެ ހަވީރު 16:41 އެހާކަންހާއިރު ކަމަށެވެ.

Ad
d

މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން ކުރިން ކަށަވަރުކޮށްދިން ނަމަވެސް، އެއީ ކޮން ގައުމެއްގެ ކާކުކަން ދެނެގަތުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އައްޑޫ ހިތަދޫ މޫދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ޑެނިއަލް އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

Ad
df

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.