މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ތަނުގައި އައު މިސްކިތެއް އެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާ އެކުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އައު މިސްކިތެއް އެޅުމަށް ނިންމާފައިވާކަން އިއްޔެ އިއުލާނު ކުރުމާއެކު އެ މިސްކިތަކީ އާސާރީ ތަނެއް ކަމަށް ބުނެ ތާރީހު ދިރާސާ ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެކަމާ ގުޅިގެން ވަޒީރު ވިދާޅުވީ ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނާފަ އޮންނަ މިސްކިތެއް ނޫން ކަމަށެވެ. އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ޤަސްތުކުރީ އެ ސަބަބާހުރެ ކަމަށް ވިޑާޅުވި އެވެ.

ވުޒާރާއިން ކަންކަން ނިންމާނީ ރައްޔިތުންގެ އަޑު އަހައިގެން އެއާ އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން." - ވަޒީރު ވިދާޅުވި އެވެ.

ބަންޑާރަ މިސްކިތް ހުރި ތަނުގައި އައު މިސްކިތެއް ބިނާކުރަން ނިންމީ މާލޭގައި ހުރި ބައު މިސްކިތްތައް އައު ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ނެވެ.

Ad
rt