އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލު އިންތިހާބުގައި ބޮޑުތިލަދުއްމަތި ހިމެނޭ ހދ. އަތޮޅުން ތަފާތު ދައްކާނޭ ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މި ކެމްޕޭނުގައި ޕީއެންސީގެ ފަރާތުން ހދ.ގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި މެމްބަރު މުހައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވައި އަދި ބޮޑުތިލަދުއްމަތީގެ ދަރިންނަކީ ގައުމަށް ހިދުމަތް ކުރުމުގެ ފަހުރުވެރި ތާރީހެއް އޮތް ބައެއްކަން ސިފަކުރައްވާފަ އެވެ.

"ރައިސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ހދ. ގެ ރައްޔިތުންނާއެކު ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި ހދ. އަތޮޅު ތަފާތު ކުރާނަމޭ. ހދ. އަތޮޅު ތަފާތުކުރަން މި ޖެހެނީ ރައީސް ވެރިކަމާ ހަވާލުވެ ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް މި ގެންސްދެއްވާ ތަރައްގީ ކަށަވަރުކުރުމަށް އެކަންކަން ބާރު ސްޕީޑުގައި ހިންގުމަށް ސަރުކާރަށް ތާއީދުކުރާ ކައުންސިލުތަކެއް އެކުލަވާލަން އެބަ ޖެހޭ. " - މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރާ ކައުންސިލުތަކެއް އެކުލަވާ ނުލެވިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްތަކެއް ކުރިމަތިވާނޭ ކަމަށާއި، މި ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި މިފަދަ ކިތަންމެ ކަމެއް ފެނިގެން ގޮސްފިކަމަށް މެމްބަރު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގެ ތަރައްގީއަށް އިސްކަންދިނުމަށް ކޮންގްރެސް ޕާޓީގެ މޭޔަރ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ހޮވަންޖެހޭ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

Ad
rt