ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި މިއަދު އަލިފާން ރޯވެ ހާދިސާއެއް ހިނގާފައިވާއިރު، އޭގައި ތިބި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ދިވެހިންނަށާއި ތިން ބިދޭސީންނަށެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:54 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވިއިރު އެ ދޯނީގައި ޖުމުލަ 15 މީހުން ތިއްބެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ދޯންޏަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަނިޔާވި މީހުންނަށް މާލޭގައި ފަރުވާދެމުންދާއިރު، އެމީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.