ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ.އަތޮޅު ވެލިދޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ޚިދުމަތާއެކު ވެލިދޫއާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ad
d

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، ވެލިދޫއަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށްޓަކައި ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމަކާއި، ފަސިންޖަރުން މަޑުކޮށްލައިގެން ތިބެވޭނެ ޚާއްސަ ލައުންޖެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.

މި ޚިދުމަތުގެ ދަށުން ދިވެހިންނަށް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދިވެހިންނަށް ޚާއްސަ ފެއަރއެއްގެ ދަށުން އެއްކޮޅު ޓިކެޓެއް 999 ރުފިޔާ އަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ވެލިދޫއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންނާއި ފަތުރުވެރިން ހިމެނޭހެން ޖުމްލަ 15 މީހުން ވަނީ އެ ރަށުން މާލެއަށް ދަތުރުކޮށްފައެވެ.

Ad
df

މި ޚިދުމަތުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.