އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އަމިއްލަ 40 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 27.29 މިލިއަން ރުފިޔާ ވަނީ މީޑިއާތަކަށް ފޯރުކޮށްދީފ ައެވެ.

Ad
rt

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މީޑިއާތަކަށް މާލީ އެހީ ހޯދުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. ނަމަވެސް، އޭގެ ތެރެއިން ދެ މީޑިއާއެއް ހިންގަނީ އެއް ކުންފުންޏަކުން ކަމަށްވާތީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނިންމީ އެއް މީޑިއާއަކަށް ފައިސާ ދޫކުރުމަށެވެ. އެހެންކަމުން، އެހީ ދީފައިވަނީ ޖުމްލަ 40 މީޑިއާއަކަށެވެ.

މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ބަލާފައިވަނީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށެވެ. މީގެ އިތުރުން ކޮންޓެންޓުގެ ބާވަތާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ވެސް ވަނީ ރިއާޔަތްކޮށްފައެވެ. މި ފައިސާއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވުމަށާއި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވުނު އެހީއެއް ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެމްބީސީ މެދުވެރިކޮށް މީޑިއާތަކުން ހުށަހެޅި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ޔޫތު މިނިސްޓްރީން ވިދާޅުވީ، މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު އެ ވުޒާރާއަށް އެންގުމުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ އޮކްޓޫބަރު މަހު 18 މީޑިއާއަކަށް އެހީ ދިނުމަށް އިޢުލާނުކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.