ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025" ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބާއްވައިފިއެވެ.

މިއަހަރުގެ ތިލައުތުރު އެވޯޑު ހަ ދާއިރާއަކަށް ދީފައިވާއިރު، މި އެވޯޑުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ.

Ad
rt

މި އެވޯޑު ލިބުނު އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ހޮވިފައިވަނީ ދިއްދޫ އެވެ. އަދި ދެވަނަ އަށް މާރަންދޫ ގޮސްފައިވާއިރު ތިން ވަނަ އަށް ގޮސްފައިވަނީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ. މި ދާއިރާތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހޮވިފައިވަނީ ދިއްދޫ ކުރިމަގު ޖަމިއްޔާއެވެ.

މީގެ އިތުރުން، "ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑު" ލިބިފައިވަނީ އިޖްތިމާޢީ ދާއިރާއިން މުޙައްމަދު އިބްރާހީމް / އުޑުވިލާގެ، ހއ. އިހަވަންދޫ އެވެ. އަދި "ތިލައުތުރު ހިތްވަރު ދިނުމުގެ އެވޯޑު" ޙާސިލްކޮށްފައިވަނީ، ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ދާއިރާއިން ޚާލިދު މުޙައްމަދު / ތިބުރޯޒުގެ، ހއ. މާރަންދޫ އެވެ.

ތިލައުތުރު ޚާއްޞަ އެވޯޑު ޙާސިލްކޮށްފައިވާ ދަރިވަރުން:

  • އާމިނަތު ނަޞްރަތު / އަލިދޯދި، ހއ. އިހަވަންދޫ
  • ޢާއިޝަތު ރީޝް ނަސީމް / ވައްޓަރު، ހއ. ދިއްދޫ
  • ޔޫސުފް ޒާން ބިން މުޙައްމަދު / ޝެހެނާއީ، ހއ. ދިއްދޫ
  • ޟަމް ޟަމް ޢަބްދުالله އާދަމް / ސޯސަންގެ، ހއ. މާރަންދޫ
  • ޙުސައިން ޔަމާން ޢަޒީމް . ވ. ފަޒީލާމަންޒިލް، ކ. މާލެ
  • އީފާ ޢިމާދު ޢަބްދުالله / ހިޔާވަހި، އުލިގަން
  • ފާޠިމަތު ޝާއިޙާ އަބްދުއްސައްތާރު / ޖަހާމުގުރިގެ ހއ. އިހަވަންދޫ
  • މުޙައްމަދު ވިއާމް / ނީނާޒު، ހއ. އުތީމު
  • ޢާއިޝަތު ޒާރާ އަހްމަދު ޒިރާން / ލިލީގެ ހއ. އިހަވަންދޫ
  • ޝައިމާ އަޙްމަދު ރަޝީދު / ސްނޯޑްރޮޕް، ހއ. ދިއްދޫ
  • ޢާއިޝާތު ނަބީޙާ އަމީން / ކާނިގަސްދޮށުގެ، ހއ. ކެލާ
  • އީޒާން ޢަލީ / މުތީގެ ހއ. ދިއްދޫ
  • މުޙައްމަދު ޝައްޔާން / މަލަފެހި، ހއ. އިހަވަންދޫ
  • އަޙްމަދު މާހިލް މުޙައްމަދު / ޖޭމްގަސްދޮށުގެ، ހއ. ދިއްދޫ

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އެވޯޑް ޙާސިލްކޮށްފައިވާ ފަރާތްތައް:

  • މުޙައްމަދު ރަޝީދު / މުރަނގަމާގެ، ހއ. އިހަވަންދޫ
  • އީޒާން ޢަލީ / މުތީގެ، ހއ. ދިއްދޫ
  • މަރޔަމް އަމްނާ ވަޙީދު / ފަރިވާގެ، ހއ. ހޯރަފުށި
  • ޢާއިޝަތު ނަބީހާ ޢަމީން / ކާނިގަސްދޮށުގެ، ހއ. ކެލާ
  • ޝަބާ މުޙައްމަދު / ކުރި، ހއ. މާރަންދޫ

މި އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމެވެ.

ތިލައުތުރު އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅު ސްކޫލަތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅުގެ ޚިދުމަތްތެރި ރިޒޯޓާއި، އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކްލަބް ޖަމިއްޔާ އަދި ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.