މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖޭގެ ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ އަކީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ އެވެ.

Ad
rt

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ފުހުން ބުނިގޮތުގައި ޙަސަން ޢަބްދުއްރަޙްމާން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި 15 އޮކްޓޯބަރު 2025 ގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ،

- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)

މީގެ ތެރެއިން އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާއެވެ. އަދި މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ އެވެ.