ށ. ކަނޑިތީމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ޚާއްސަ މަގާމެއް އޮތް ރަށެކެވެ. މި ރަށުގެ މުއްސަނދި ތާރީޚާއި، ޚާއްސަކޮށް ދިވެހި ބަހަށް ކޮށްފައިވާ ޚިދުމަތްތަކުގެ ހަނދާން އާކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވިފައިވާ "ކަނޑިތީމު މޮނިއުމަންޓް" އަކީ، ރަށުގެ އަހުލުވެރިންނާއި، ދިވެހި ރައްޔިތުން ވެސް ފަޚުރުވެރިވާންޖެހޭފަދަ ބިނާއެކެވެ.
މި މޮނިއުމަންޓަކީ، ށ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވާލައިގެން ކުރިޔަށްގެންދާ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ބުލޫގިލް ފައުންޑޭޝަން އަދި ބިނާގެ އިސްނެގުމުގެ ދަށުން ތައްޔާރުކޮށްފައިވާ މާނަފުން މޮނިއުމަންޓްއެކެވެ.
މިގޮތުން މި މަސައްކަތުގައި ރަށުގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، އެ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި އެއް ނަމޫނާއެވެ.
ކަނޑިތީމު މޮނިއުމަންޓް އެހާ ޚާއްސަ އެއް ސަބަބަކީ، މި މޮނިއުމަންޓް ރަމްޒުކޮށްދެނީ "ކަނޑިއެއް" އަދި "ތާނައިގެ ރަށްކަން" ނުވަތަ "ތާނަ-ގެ-ރަށް" ކަމެވެ. މި މޮނިއުމަންޓުން ދައްކުވައިދެނީ ދިވެހި ތާރީޚާއި ސަގާފަތުގައި ކަނޑިތީމަށް ލިބިފައިވާ ޚާއްސަ މަގާމެވެ. އެގޮތުން މިއީ ދިވެހި ބަސް ލިޔުމަށް މިހާރު ބޭނުންކުރެވެމުންދާ ތާނަ އަކުރު ފެނުނުކަމަށް ފުރަތަމަ ރެކޯޑު ކުރެވިފައިވާ ރަށްކަން މޮނިއުމެންޓްގެ މަސައްކަތްކުރި ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
''މިއީ ދިވެހި ބަސް ލިޔުމަށް މިހާރު ބޭނުން ކުރެވެމުންދާ ތާނަ އަކުރު ފެނުންކަމަށް ފުރަތަމަ ރެކޯޑު ކުރެވެިފައިވާ ރަށް، މިއީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް, މި ރަށަކީ ދިވެހިންގެ ރޫހާއި ތާރީޚް ގުޅިލާމެހިފައިވާ، އަދި ތަރިކައާއި، ފަޚުރުވެރިކަމާއި، އަމިއްލަވަންތަކަން އެކުލެވިގެންވާ ރަށެއްކަމެވެ. ކަނޑިތީމަކީ ހަމައެކަނި ރަށެއް ނޫނެވެ. އެއީ ބަހާއި، ތަރިކައާއި، އަދި އާދަކާދައިގެ ނިޝާނެކެވެ.'' ބިނާއިން ބުނެފަވެއެވެ.
ދިވެހިންގެ ރޫހާއި ތާރީޚް ގުޅިލާމެހިފައިވާ ކަނޑިތީމުގައި މިފަދަ ތާރީޙީ މޮނިއުމަންޓް އެއް ޤާއިމްކުރެވުމަކީ، ދިވެހި ބަހާއި، ތަރިކައާއި، އަދި އާދަކާދައިގެ ދިރިހުރި ނިޝާނެކެވެ.
މިގޮތުން މިއީ ކަނޑިތީމުގެ މުއްސަނދި ތާރީޚު އަންނަންއޮތް ޖީލުތަކަށް ދައްކުވައިދޭނެ، އަދި ދިވެހި ބަހާއި ސަގާފަތުގެ މުހިންމުކަން އަބަދުވެސް ރައްޔިތުންނަށާއި ރަށަށް ޒިޔާރާތްކޮށްދޭނެ ފަރާތްތަކަށް ހަނދާންކޮށްދޭނެ ބިނާއެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!