ށ. ނޫމަރާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އެރަށަށް ގޮސް އޮތް ބާޖެއް ނެރުފައިކަށި މައްޗަށް އެރި ބާޖު ފުންކުރަން އުޅުމުގެ ތެރޭގައި ނެރު މެދަށް އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ އެވެ.
ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ތިލަދުންއަށް މަޢުޅުމާތު ދެއްވަމުން ވިދާޅުވީ އެރަށު ނެރުފައިކަށި ހެދުމުގެ މަސައްކަތުގައި ހަރަކަތްތެރިވި ބާޖެއް މިދިޔަ ހަފްތާގައި އަޑިއަށް ގޮސްފައިވާކަމަށާއި މިއަދު އެބާޖު ފުން ކުރުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ބާޖު ފަޅައިގެންގޮސް ނެރުގެ މެދަށް އަޑިއަށްގޮސްފައިވާ ކަމަށެވެ.
ބާޖު އަޑިއަށް ގޮސްފައިވަނީ ނެރުގެ މެދަށް، މިވަގުތު ނެރު ބޭނުން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރަން، މިވަގުތު ނެރުބޭނުން ކޮށްފިނަމަ ހިތާމަވެރިކަމެއް ހިނގުން އެކަށީގެންވޭ، މިވަގުތު ރަށަށް ވަދެވޭނެ ގޮތެއް އަދި ނުކުމެވޭނެ ގޮތެއްވެސް ނެތް. ރައްޔިތުން ތިބީ ރަށު ބަންދުވެފައި
ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

މިބާޖު އަޑިއަށް ގޮސްފައިވަނީ އެރަށުގައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިސް ވަފުދެއް ހަރަކަތްތެރިވަމުންދިއަ ދުވަހެއްގައިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އީޕީއޭގެ ޓީމް އެރަށުގައި ހަރަކަތްތެރިވަމުން ދަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ނެރު ފައިކަށި މައްޗަށް އެރިބާޖެއްގެ މައްސަލަ ބަލާ ދިރާސާ ކުރުމަށެވެ.
މިބާޖު ފުންކުރުމުގެ މަސައްކަތް ވެރިފަރާތުން ކުރަމުން އަންނަ ކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ. މިބާޖު އެރީ ވަރަށް މޫސުން ގޯސް ދުވަހެއްގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދަތުރުވެރިންގެ ސަމާލުކަމަށް ޓަކާ ދަންނަވާލަން ށ.ނޫމަރާ ނެރުމައްޗަށް ވަނީ ހިލަ އުފުލާ ބަނޑެއް އަޑިޔަށް ގޮސްފަ @1onlinemv @thiladhun @Abdulla_Noomara @kulhudhuOnline @cnm_mv pic.twitter.com/a9MtpnTycT
— މުޙައްމަދު އަނީލް (@anteyMv) February 17, 2020
މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުވެސް އެރަށުގެ ނެރުމައްޗަށް ބާޖެއް އުރި ކަނޑިންމަ ބެދި، ކުދި ލޯންޗާއި ޑިންގީތަކަށްވެސް ރަށުން ބޭރަށް ނުނިކުމެވޭ ހާލަތައްވަނީ ގޮސްފައެވެ. ލަފާފުރަން ދަތިވުމުގެ ސަބަބުން އެރަށުން ކާޑުގެ ބާވަތްތައްވެސް ހުސްވާން ކައިރިވެ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. 2019 ވަނަ އަހަރު ނިމުނު އިރުވެސް އެބާޖު ފުންކުރެވޭގޮތް ވަނީ ނުވެފައެވެ.
Noomaraa Neru Faikashi Mahchah Eri Baaju Adiah Gos, Neru Bandhu Vejje | Thiladhunhttps://t.co/zLwCHlBIlS pic.twitter.com/E7kJYBfe4Q
— Thiladhun (@thiladhun) February 17, 2020
މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 5 ވަނަ ދުވަހު އެރަށު ނެރު ފައިކައްޓަށް ދޯންޏެއް އުރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!