ކުޅުދުއްފުށީ ބަނދަރު އެތުމާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ދުށް ފަރާތަކުން "ތިލަދުން" އަށް މައުލޫމާތު ދިންގޮތުގައި، އެކްސިޑެންޓު ހިނގަން މެދުވެރިވީ، ކުޅުދުއްފުށީ އެތުމާ ފިއުލް އަދި ބަނދަރު އެތުމާ ފިހާރަ ދެމެދުން، ބަނދަރަށް އަރަން ދިޔަ ޓެކްސީ އަކާއި ސައިކަލެއް ޖެހިގެންކަމަށްވެއެވެ.

Ad
rt

މީގެ އިތުރުން އެ ޓެކްސީގައި ޖެހުން ސައިކަލުގެ މިޝްރާބު ހުރީ، ރަށުގެ އިރުމަތި ފަރާތާއި ދިމާލަށް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފަރާތައް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ބަނދަރު އެތުމާ ފިހާރަ ކައިރިން މިދިޔަ މަހުގެ 14 ވަނަ ދުވަހުވެސް ވަނީ ކާރަކާއި ސައިކަލެއް ޖެހި، މިފަދަ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފަރާތަށާއި ސައިކަލު ފަހަތުގައި އިން މީހާ އަށް ވަނީ ބޮޑެތި އަނިޔާތަކެެއް ލިބި، އިތުރު ފަރުވާ އަށް މާލެ ފޮނުވާލާފައެވެ.