އދ.ގެ ޖެނެރަލް އެސެމްބްލީން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލަކަށް ގޮވާލާ، ވަކި މުއްދަތުތަކެއް ކަނޑައަޅައި، އަނބުރާ ނުގެނެވޭނެ ފިޔަވަޅުތަކެއް އެކުލެވޭ ގަރާރެއް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ.

މި ގަރާރަކީ ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ އިސްނެގުމުގެ ދަށުން ޖުލައި މަހު ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއްގެ ނަތީޖާއެކެވެ.

Ad
d

މި ގޮވާލުމުގެ ޤަރާރަށް ތާއީދުކޮށް 142 ޤައުމުން ވޯޓު ދީފައިވާއިރު، ނުފެންނަކަމަށް 10 ޤައުމުން ވޯޓު ދީފަވެއެވެ. އަދި 12 ޤައުމުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މި ޤަރާރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ކުށްވެރިކޮށްފައިވާ އިރު، އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާއި އާންމު ތަންތަނަށް ދޭ ހަމަލާތަކާއި، ބަނޑަހައިހޫނުކަމުގައި ބޭތިއްބުމާއި، ހިމާޔަތުގެ ބޮޑު ހަލާކެއް ކުރިމަތިކުރުވާފައިވާކަން ފާހަގަކޮށް، އެކަންކަން ކުށްވެރިކޮށްފައިވެއެވެ.

ގަލްފްގެ ހުރިހާ ޤައުމުތަކުން މި ޤަރާރަށް ތާއީދުކޮށްފައިވާއިރު، އެމެރިކާ އާއި އިސްރާއީލު، އާޖެންޓީނާ، ހަންގޭރީ، މައިކްރޮނީޝިއާ، ނައުރޫ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ އަދި ޓޮންގާއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ.

މި ޤަރާރުގައި ޣައްޒާގެ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ވަގުތީ ބައިނަލްއަޤްވާމީ އިސްތިޤްރާރު ކުރުމުގެ މިޝަނެއް ފޮނުވުމަށްވެސް ވަނީ ތާއީދުކޮށްފައެވެ.

Ad
df

ނަމަވެސް އެމެރިކާއިން ބުނެފައިވަނީ "މި ވޯޓަކީ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭނެ، ރަނގަޅު ވަގުތެއްގައި ނެގިފައިވާ ވޯޓެއް ނޫން" ކަމަށެވެ.