ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

އާމިރުގެ ބަދަލުގައި މުޒްނާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ވެސް ޕީސީބީ އިން ވަނީ ބުނެފައެވެ.

މުޒްނާ ސްޓެލްކޯގައި ޚިދުމަތްކުރަށްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ. މުޒްނާގެ މަސައްކަތުގެ ރެކޯޑަށް ބަލާއިރު، 2017 އިން 2022 އަށް ކުންފުނީގެ ސެކްރެޓަރީގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން، ލީގަލް، ބިއުރޯ، ބިޒްނަސް ޑިވެލޮޕްމަންޓް، ޕްރޮކިއުމަންޓް، އައި.ޓީ، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް، އަދި ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ފަދަ މުހިންމު ޑިޕާޓްމަންޓްތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޒުނާ ހަމަޖައްސާފައި ވަނީ މި ސަރުކާރު އައި ފަހުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް ޙާޞިލުކުރައްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު (7 ސެޕްޓެމްބަރު 2025) ގައި ވަނީ އެ ކުންފުނީގެ އެމްޑީކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަނީ ހަމަޖައްސާފައެވެ. ކުރިން ސްޓެލްކޯގެ އެމްޑީކަމުގައި ހުންނެވި ހުސެން ފަހުމީ ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ރައީސް އޮފީހަށް ޢައްޔަނުކުރަށްވާފައެވެ.