އައްޑޫ ސިޓީގައި "ކަނބުލޮ" ފިލްމު ބަލާފައި ނުކުތް ދެ އަންހެނެއްގެ ދެމެދު މާރާމާރީ އެއް ހިނގައިފިއެވެ.

މި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ޒުވާން ދެ އަންހެންކުދިންގެ ދެމެދުގައެވެ.

Ad
rt

މި މާރާމާރީ ހިންގަން ފެށުމުން އެ ދެ މީހުން ދުރުކުރީ އެތަނުގައި ތިބި އެހެން މީހުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމްބިއުލާންސް ގެނެސް މީހަކު އެމްބިއުލާންސަށް އަރުވާތީ ވެސް ފެނެއެވެ.

އެ ވީޑިއޯގެ ޕޯސްޓް ކުރި މީހާ ލިޔެފައިވާ ގޮތުގައި އެއީ ދިވެހި ފިލްމެއް (ކަނބުލޮ) ބަލައި ނިންމައިލުމަށްފަހު އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ވިލާ ކޮލެޖުގެ ކައިރީގައި ރޭ ހިނގާފައިވާ ހާދިސާއެކެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އައްޑޫ ސިޓީގެ ހިތަދޫގެ ކަނީރު މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:45 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.