ދި-ފައުންޑޭޝަނުން ހއ.ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތް ފެށުމަށުމަށް ވާންޖެހޭ ރައްޔާރީތައް ފަށައިފިއެވެ.
ހއ.އަތޮޅާއި ދިއްދޫގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތައް ތިބި އަދަދު ދެނެގަތުމަށްޓަކައި ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ، ތެރަޕީ ދިނުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.
އެ ކޭމްޕްގައި ހަތަރު ތެރަޕީއެއްގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ތެރަޕީތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއާ ތެރަޕީގެ އިތުރުން ސްޕެޝިއަލް އެޑިއުކޭޝަން ތެރަޕީއެވެ.
ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން ދިއްދޫގައި ބޭއްވި ތެރަޕީ ދިނުމުގެ ކޭމްޕްގެ ނިންމުން ފާހަގަކުރުން، ފޮޓޯ: ދި-ފައުންޑޭޝަން
މި ކޭމްޕާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ދި-ފައުންޑޭޝަންގެ އޮފިޝަލެއް ބުނީ މި ކޭމްޕުގައި ޖުމްލަ 87 ފަރާތަކަށް ތެރަޕީގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ. އެއީ ކުރުމުއްދަތައް ހިންގުނު މި ކޭމްޕްގައި ހިދުމަތް ދެވުނުވަރު ކަމަށާއި، އެއަށްވުރެ ގިނަ ފަރާތްތައް އެ ހިދުމަތަށް އެދިފައިވާ ކަމަށެވެ. މިކަމުގެ އެނގިގެންދަނީ ތެރަޕީގެ ހިދުމަތަށް އަތޮޅުގެ ރައްޔިތުން ބޭނުން ޖެހިފައިވާ މިންވަރުކަމަށާއި، ވުމާއިއެކު ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތެރަޕީގެ ދާއިމީ ހިދުމަތް ފެށުމަށް އެ ފައުންޑޭޝަނުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ކޭމްޕް ކުރިއަށް ގެންދިޔުމުގައި ހއ.އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލާއި، ބްލޫސްޕަން ކެއާގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ދި-ފައުންޑޭޝަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެމްޕީ ލަތީފްގެ އެހީތެރިކަން އެ ފައުންޑޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!