"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. ތުރާކުނުގެ ރީތިކަން ދައްކާލައިފިއެވެ.
މިދިޔަ ހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރު ބުރީ ތުރާކުނުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން ވަނީ ދައްކާލާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއރޕޮޓުން ފުރައިގެން އެރަށަށް ދެވޭނެ ގޮތުގެ މަޢުލޫމާތު ހިމަނާފައިވާއިރު އެރަށުގައި ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ޒުވާން ޓީމަކުން އެރަށުގައި ހިންގާ ވޮޓާރސްޕޯޓްސް ހަރަކާތްތަކުގެ މަޢުލޫމާތު ހިމަނާފައިވާ އިރު ރާއްޖޭގެ އެންމެ އުތުރުން އިރު އަރާ މަންޒަރު ވަނީ ހިމަނާލާފައެވެ.
އެރަށުގެ ބައެއް މީހުންގެ ބަސްދީގަތުން މިވީޑިއޯގައި ހިމަނާފައިވާއިރު ރަށުގެ ގުދުރަތީ ރީިކަން ދައްކާލާފައިވެއެވެ.
އެޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށި ދަތުރަކީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔަ ސޫޓިންއެއް ކަމަށާއި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެޓީމުން ކުރިއަށް ދަތުރުކުރަން ހުރި ރަށްރަށުންވެސް މިފަދަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަކީ އެޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއް ޔޫޓިއުބް މެދުވެރިކޮން ވީލޮއެއްގެ ސިފައިގައި ދައްކާލެވޭ ފުރަތަމަ ފަހަރު، މި ވީޑިއޯތައް ޔޫޓިއުބްއަށް އަޕްލޯޑް ކުރުމާއިއެކު ދުނިޔޭގެ ގިނަބަޔަކަށް ފެންނާނެ، ރަށްރަށުގެ ސަގާފަތާއި ރީތިކަން ފެނިގެން ދިއުމަކީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނެފައިވެއެވެ.
ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމެންޓްރީގެ ސޫޓިންގްތަކުގެ ތިންވަނަ ބުރު ނެގުމުގެ މަސައްކަތް އެޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.
މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ. މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ ”ހާޓުސީން“ ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com އަށް އީމެއިލް ކުރެއްވުމަށް އެދެއެވެ. "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ހޮޓްލައިން އަކީ 7739199 އެވެ.
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ މި ދަތުރުގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ ”ވިޒިޓް މޯލްޑިވްސް“ އެމްއެމްޕީއާރުސީއެވެ. އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ ”މާރެސް- ޖުސްޓް އެޑް ވޯޓަރ“ އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ ”ސްޓަރބިސިސް“ އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ ”އައިހާ“ އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ ”އޮބްޖެކްޓްސް ”އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ ”ތިލަދުން“ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!