ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރެއްދުއްވި ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން އެދުމުން އެ ކާރު ވަނީ މަޑުނުކޮށް ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ.

Ad
rt

އެ ކާރު ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔުމުން އެ ކާރުގެ ފަހަތުން ދިޔަ ފުލުހުންގެ ސައިކަލާއި ކާރު ޖެހި ވަނީ އެކްސިޑެންޓްވެފައިކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ފުލުހުންގެ ސައިކަލްގައި ތިބު ދެ ފުލުހުންކުރެ އެއް ފުލުސް އޮފިސަރަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނިގޮތުގައި އެ ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

''ސީނުގައި މިވަގު ފުލުހުން ދަނީ ހަރަކާތްތެރިވަމުން'' ފުލުހުން ބުނެފަވެއެވެ.