އިޒްރޭލުން އިރާނަށް ދިން ހަމަލާއަށް ފަހު ދެގައުމުގެ މެދުގައި ހިނގަމުންދާ "12 ދުވަހުގެ ހަނގުރާމަ" ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ އީރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެން އިޒްރޭލުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލާނެއެވެ. އަދި މި 24 ގަޑިއިރު ފުރިހަމަވުމުން ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، އިޒްރާއިލުން މިހާރުވެސް ދަނީ އީރާނުގެ ބޮޑެތި ތިޓީތައް ހިމެނޭހެން ބޮން އަޅަމުންނެވެ.

"މި ހަނގުރާމައަކީ އަހަރުތަކަކަށް ދިގުދެމިގެން، މެދު އިރުމަތީ ސަރަހައްދު މުޅިން ހަލާކުވެގެން ހިނގައިދާނެ ހަނގުރާމައެއް. ނަމަވެސް އެކަން ނުވެ، ދެ ގައުމުން ވެސް ހިކުމަތްތެރިކަމާއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަން,"

ޓްރަމްޕް ވިދާޅުވިއެވެ.

މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި، ކޮންމެ ފަރާތަކުން ހަނގުރާމަ ހުއްޓާލާފައި ހުންނަ ވަގުތުގައި އަނެއް ފަރާތުން އެއްވެސް ގޮތަކަށް ހަމަނުޖެހުން އުފެއްދުމުގެ ޢަމަލެއް ނުހިންގުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އީރާނުގެ އިސް އޮފިޝަލަކު ސީއެންއެންއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އިސްރޭލާއެކު ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްވެސް ހުށަހެޅުމެއް އީރާނަށް ލިބިފައިނުވެއެވެ. އަދި އޭގެ ބަދަލުގައި އިސްރޭލަށް ދެމުންދާ ހަމަލާތައް އިތުރަށް ހަރުދަނާކުރުމަށް ރާވަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އީރާނުގެ އިސް އޮފިޝަލްގެ މި ބަޔާނުން ސާފުވެގެންދަނީ، ޓްރަމްޕް ހާމަކުރެއްވި މައުލޫމާތުގައި އެއްވެސް ހަގީގަތެއް ނެތްކަމާއި، އަދި ހަނގުރާމައިގެ ހަރަކާތްތައް އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމެވެ.

ސިޔާސީ މާހިރުން ފާހަގަކުރާ ގޮތުގައި، މި މައްސަލައިގައި ހަގީގަތް ސާފުވާނީ އިސްރޭލް އަދި އީރާނުގެ ފަރާތުން ރަސްމީ ބަޔާނެއް ނެރުމުންނެވެ. މިހާތަނަށް ދެ ގައުމުންކުރެ އެއްވެސް ގައުމަކުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ބައެއް ތަހުލީލުވެރިން ދެކޭގޮތުގައި، ޓްރަމްޕްގެ މި "އިއުލާން" އަކީ އީރާން ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން އާދައިގެމަތިން ކުރެވިފައިވާ ސިޔާސީ މަކަރެއް ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

"ބަޝާރަތު ފަތަހް" ގެ ނަމުގައި، އެމެރިކާއިން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ރައްދުގެ ގޮތުން އިރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިރޭ ހަމަލާ ދީފަ އެވެ.

މި ހަމަލާ ދޭނެކަން އެމެރިކާ އާއި އިނގިރޭސި ވިލާތަށް ކުރިން އެނގި، އެ ދެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިންޒާރު ދީފައިވެއެވެ،

މި ހަމަލާއަކީ އެމެރިކާއިން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިއްޔެ ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.