މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ށ އަތޮޅު ކައުންސިލުގެ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ އުޞޫލު އިސްލާޙްކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލްއިން މައްޗަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއާއި އެހެނިހެން ޚަރަދު ހަމަޖައްސައިދެވޭނެއެވެ.
މި އެހީ އަކީ އަނބުރާ ދައްކާގޮތަށް ދޫކުރެވޭ ފައިސާ އެއްކަމުން، މި އެހީ ދޫކުރެވޭނީ މި ކައުންސިލުގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވާ ށ އަތޮޅުގެ ރައްޔިތުންނަށެވެ. ކިޔެވެނި އެހީގެ ސިޔާސަތު އެކައުންސިލުގެ
ވެބްސައިޓް www.shaviyani.gov.mv ގެ "މީޑިއާ" ބައިން ލިބިލައްވާނެއެވެ.
އެހީއަށް އެދޭ ފޯމްތައް ވެބްސައިޓްގެ "ޑައުންލޯޑްސް" ބައިން ލިބިލައްވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6540450 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިއެހީ ބޭނުންވާ ފަރާތްތަކުން "ކިޔެވެނިއެހީ އަށް އެދި ހުށައަޅާ ފޯމް" ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް އެކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!