"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ވަނަ ދުވަހު ނެރެން ނިންމައިފިއެވެ.
މިދިޔަ ހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯތައް ނަގާފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ.
އެޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށި ދަތުރަކީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔަ ސޫޓިންއެއް ކަމަށާއި މިހާރު އެޓީމުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތަކީ ވީޑިއޯތައް އެޑިޓް ކުރުމުގެ މަސައްކަތްކަމަށް ބުނެފައި ވެއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއް ޔޫޓިއުބް މެދުވެރިކޮން ވީލޮއެއްގެ ސިފައިގައި ދައްކާލެވޭ ފުރަތަމަ ފަހަރު، މިމަހުގެ8 ވަނަ ދުވަހު ޔޫޓިއުބް އަށް އަޕްލޯޑް ކުރުމާއިއެކު ދުނިޔޭގެ ގިނަބަޔަކަށް ފެންނާނެކަން ޔަގީން، ރަށްރަށުގެ ސަގާފަތާއި ރީތިކަން ފެނިގެން ދާނެ
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނެފައިވެއެވެ.
ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތަކުގެ ދެވަނަ ބުރު ނެގުމަށް ހަމަޖެހިފައިވަނީ ތަކަންދޫ، ދިއްދޫ އަދި ވަށަފަރުގައެވެ.
މިދަތުރު އިންތިޒާމުކުރާ ޒުވާން ޓީމާއި އެކި ރަށްރަށުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޓީމުން މަޢުލޫމާތު ދެއެވެ.
މިޓީމުން ކުރާ ވީޑިއޯ ތަކުގައި ގެސްޓުހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަން ހިމަނަށް ބޭނުންވާނަމަ ”ހާޓުސީން“ ގެ ފޭސްބުކް ޕޭޖްއަށް މެސެޖު ކުރެއްވުން ނުވަތަ އީމެއިލް haatoseenu@gmail.com ކުރެއްވުމަށް އެދެއެވެ. މިޓީމުގެ ހޮޓްލައިން އަކީ 7739199 އެވެ.
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ މި ދަތުރުގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ ”ވިޒިޓް މޯލްޑިވްސް“ އެމްއެމްޕީއާރުސީއެވެ. އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ ”މާރެސް- ޖުސްޓް އެޑް ވޯޓަރ“ އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ ”ސްޓަރބިސިސް“ އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ ”އައިހާ“ އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ ”އޮބްޖެކްޓްސް ”އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ ”ތިލަދުން“ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!