މަޝްހޫރު ދީނީ ޢިލްމްވެރިޔާ ސެއިޚް އިބްރާހީމް ފަރީދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސައިޚް އަވަހާރަވީ މެލޭޝިޔާގައެވެ.
ސެއިޚް މެލޭޝިޔާ އަށް މިއަދު ވަޑައިގަތީ އެ ޤައުމުގައި އޮތް ބައްދަލުވުމަކަށް ކަމަށް ވެސް އެނގިފަވެއެވެ.
ޝެއިޚަށް ސިއްހީ ހާލަތެއް މެދުވެރިވީ މެލޭޝިއާގެ އެއާޕޯޓްގައި ހުންނަވަނިކޮށްކަމަށްވެއެވެ. އެ ހާލަތު ދިމާވުމުން ސެއިޚަށް އަވަސް ފަރުވާވެސް ދީފައި ވެއެވެ.
ޝެއިޚް ފަރީދު ވަނީ ދީނީ ދަރުސް ދެއްވައި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރައްވާފައެވެ.
ފެހި ޤާނޫނުއަސާސީގެ ދަށުން ލިބުނު ސިޔާސީ މިނިވަންކަމާއެކު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގަންފެށިތާ ކުރީކޮޅު ސިޔާސީ މަސައްކަތުގައި ވެސް ސެއިޚް ވަނީ އުޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!