ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި
ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. “މަސްޖިދު ޝައިޚް އިބްރާހީމް ފަރީދު” ގެ ނަމުން ނަންދެވިފައިވާ މި މިސްކިތަކީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު ބިނާކުރެވުނު މިސްކިތެކެވެ. މިކަމާ ގުޅޭގޮތުން ޝައިޚްގެ ދަރިކަލުން އަބްދުﷲ ފަރީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ގެ ރަޙްމަތާއި ވާގިފުޅާއެކު ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވިފައިވާ...