10 ވަނަ "ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް މެންސް، އޮމާން 2025" ގައި ވާދަކުރުމަށްފަހު، ރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އެންބުރި ކުޅުދުއްފުއްޓަށް އައުމުން އެ ޓީމަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.
މި ޓީމުގައި ހިމެނެނީ މުޅިން ވެސް ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ޤައުމީ ބީޗްހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި ކުޅުދުއްފުށީ ކުޅުންތެރިން ގައުމު ފަޚުރުވެރިކޮށްދީފި
މި ޓީމު ރޭ ކުޅުދުއްފުށި ސިޓީ އަށް އައުމުން ސިޓީ ކައުންސިލުގެ އިސްްނެގުމުގެ ދަށުން ކުޅުންތެރިންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުގެ ގިނަ ރައްޔިތުން ވަނީ ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.
ޤައުމީ ބީޗް ހޭންޑްބޯލް ޓީމް ކުޅުދުއްފުއްޓަށް އައުމުން ސިޓީ މޭޔަރު އާތިފް އާއި ކައުންސިލަރުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި، ފޮޓޯ: ސިޓީ ކައުންސިލް
މި މެއި މަހު 6 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގައި ދިވެހި ޤައުމީ ބީޗް ހޭންޑްބޯލް ޓީމުން ވަނީ ހޮންގްކޮންގް ޓީމާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކައި، އޭޝިއާ ސަރަހައްދުގެ 7 ވަނައަށް ރާއްޖެ އުފުއްލައިލަދީފައެވެ.
ޤައުމީ ބީޗް ހޭންޑްބޯލް ޓީމް ކުޅުދުއްފުއްޓަށް އައުމުން ސިޓީ މޭޔަރު އާތިފް އާއި ކައުންސިލަރުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި، ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީގެ ދަރިންތަކެއް ހިމެނޭ މި ޓީމަކީ ބީޗް ހޭންޑްބޯލް އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ޤައުމީ ޓީމެއް ވާދަކުރި ފުރަތަމަ ޓީމެވެ.
ޤައުމީ ބީޗް ހޭންޑްބޯލް ޓީމް ކުޅުދުއްފުއްޓަށް އައުން، ފޮޓޯ: ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ވަނީ ޓީމުގެ ކުރިއެރުމަށާއި ހުނަރުވެރި ކުޅުންތެރިންތަކެއް އެކުލަވާލުމަށް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، ފަހުރުވެރިކަމާއެކު ޓީމުން ކުރި ހިތްވަރު ފާހަގަކޮށް، މަރުހަބާ ދަންނަވަފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!