އޮމާންގެ މަސްކަޓްގައި މެއި މަހުގެ 6 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރި ދިވެހި ގައުމީ ބީޗް ހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި އޭޝިޔާ ސަރަހައްދުގެ 7 ވަނަ އަށް ރާއްޖެ އުފުލައިލަދީފިއެވެ.

ބީޗް ހޭންޑްބޯލް މުބާރާތުގެ ގައުމީ ޓީމެއް އެކުލަވާލުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް މޯލްޑިވެސްއިން ކުޅުދުއްފުށީގައި ޕްރެކްޓިސްތައް ބޭއްވުމަށް ނިންމާފައިވަނީ އެ ސިޓީގައި އެކަށީގެންވާ ފެސިލިޓީ ހުރުމުގެ އިތުރުން އެ ސިޓީގައި ބީޗް ހޭންޑްބޯލްއަށް ލޯބިކުރާ، ރާއްޖޭގެ ނިސްބަތުން ހުނަރުގެ ގޮތުންވެސް ރަނަގަޅު ގިނަ ކުޅުންތެރިންތަކެއް ތިބުމެވެ. މީގެއިތުތުން ކުޅިވަރުތަކުގެ ގައުމީ ޓީމްތައް އެކުލަވާލުމުގައި ރާއްޖެތެރެއަށް ފުރުސަތު ދިނުމުގެ މުހިންމުކަން ބޮޑުކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.

Ad
rt

މުބާރާތުގެ ފަރިތަކުރުންތަކަށް ރަށުން ބޭރުން އަންނަ ކުޅުންތެރިންނަށް އެ ސިޓީގެ، ސިޓީ ކައުންސިލުން ވަނީ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސައިދީފައެވެ. ނަމަވެސް އޮމާންގެ މަސްކަޓްގައި ކުރިއަށްދިޔަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ގައުމީ ހޭންޑްބޯލް ޓީމުގައި މުޅިން ވެސް ތިބީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމު، މި ޓީމުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިއީ ބީޗް ހޭންޑްބޯލް އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖެ ހިމެނޭހެން މި މުބާރާތުގައި ނުވަ ގައުމަކުން ބައިވެރިވިއިރު، ރާއްޖެ ފިޔަވައި ދެން ބައިވެރިވެފައިވާ އަށް ޓީމަކީ އިންޓަނޭޝަނަލް ތަޖުރިބާގެ ގޮތުން މާދޮށީ ޓީމްތަކެވެ.

ރާއްޖެއިން މި މުބާރާތަށް ތައްޔާރުވުމަށް ފަސް މަސްދުވަހެއްހާ ދުވަހުގެ ތަމްރީން ހެދިނަމަވެސް ބައިނަލްއަގްވާމީ ތަމްރީނު ކޭމްޕެއް އަދި ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ވެސް އޮތީ މުބާރާތުގެ ކުރިން ނުލިބިއެވެ.

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން، މި ޓީމުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ގައުމީ ބީޗް ހޭންޑްބޯލް ޓީމު، ކުޅުދުއްފުށީގައި ތަމްރީންތައް ހެދުމުގައި ބޮޑު ސަޕޯޓެއްދެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޓީމްގެ ކާމިޔާބީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުބާރާތުގެ ރޭންކިން މެޗްތަކުގައި މޮޅު ކުޅުމެއް ދައްކާ ހޮންކޮންގް ޓީމާ ދެކޮޅަށް ކުޅުނު މެޗްކާމިޔާބުކޮށް އޭސިއާ ސަރަހައްދުގެ 7 ވަނާގައި ދިވެހި ޓީމް ރޭންކު ކުރެވިގެން ދިއަކަމީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ޤައުމީ ހޭންޑްބޯލް ޓީމް މެޗުން މޮޅުވެ އުފާ ފާޅުކުރަނީ، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ދިވެހި ގައު ޓީމަކީ ކުޅުދުއްފުށީގެގިނަ ދަރިންތަކެއް ހިމެނޭ ޓީމެއްކަމުން އެ ކައުންސިލާއި ކުޅުދުއްފުށީގެ ރައްޔިތުން ފަހުރުވެރިކަމާއެކު އެކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ރާއްޖޭގެ ބީޗް ހޭންޑްބޯލް ޓީމުން ހޯދި ކާމިޔާބީއަކީ ސަރުކާރުން ކުޅިވަރު ލާމަރުކަޒީ ކުރުމަށް ނިންމި ނިންމުމާއި އެ ދިން އިތުބާރުގެ ނަތީޖާއެވެ. ހާމަވެގެންދަނީ އެހެން ކުޅިވަރުތަކުގައިވެސް ހޭންޑްބޯލް އެސޯސިއޭޝަނުން މި ނިންމި ނިންމުން ތަބާވެ، މުޅި ރާއްޖެއިން ހުނަރުވެރި ކުޅުންތެރިން ހޯދުމަކީ މުހިންމުކަމެއް ކަމެވެ.

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން، މި ޓީމުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މި ކާމިޔާބީއަކީ ދިވެހި ބީޗް ހޭންޑްބޯލް ޓީމަށް ލިބުނު ފުރަތަމަ ބައިނަލްއަގްވާމީ ތަޖުރިބާ ކަމަށްވެފައި، ރާއްޖޭގެ އިންޑޯ ހޭންޑްބޯލްގެ ކުޅުންތެރިންނާއި ސީނިއަރ ކޯޗުންގެ ފަރާތުންނާއި، ސޯޝަލް މީޑިއާ ފުރަސަތުތަކަށްފަހު މި ޓީމު ދެއްކި ކުޅުމާއި މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާމި ނެގި ރިސްކަކީ ފާހަގަކުރުން ހައްގު ކަންކަމެވެ.

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން، މި ޓީމުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މި ކާމިޔާބީއަކީ ހަމައެކަނި ކުޅުދުއްފުށްޓަށް ލިބުނު ކާމިޔާބެއް ނޫނެވެ. މިއީ މުޅި ދިވެހިރާއްޖެއަށް ލިބުނު ފަހުރެކެވެ. އަދި ކާމިޔާބެކެވެ.

މި މުބާރާތުގައިދިވެހި ޓީމު ދެއްކި ކުޅުމަކީ ކުރިމަގުގައި ބީޗް ހޭންޑްބޯލް ކުރިއެރުވުމަށް ބާރަކަށްވާނެ ކަން ޔަގީނެވެ.

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން، މި ޓީމުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިން، ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ގައުމީ ބީޗްހޭންޑްބޯލް ޓީމުގެ މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް އިތުރު ސަމާލުކަމެއް ލިބި، ގިނަ ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކަން އުފެދި، މިއީ ބީޗް ހޭންޑްބޯލްގައި ރާއްޖެއިން އައު ސޮފްހާއެއް ލިޔަންވީ ވަގުތެވެ.