ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި، ށ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ރޭ ހަވާލުކޮށްފިއެވެ.
މި ދެ އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ، ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ 103,595,304.83ރ އަށް ފެނަކަ ކޯޕަރޭޝަނާއެވެ.
މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން 27,219,325.40ރ އަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
އިތުރަށް ހަވާލުކުރި މަޝްރޫޢުތައް
- ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި، ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
- ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
- އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
- ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
- ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
- ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
- ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޠިމް އިބްރާހީމް ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!