މަކުނުދޫގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ
ހދ. މަކުނުދޫގައި މިއަހަރުގެ ތެރޭގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކޮށް، ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މަކުނުދޫގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފުރިހަމަކޮށް ރަ...