ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، ދިވެހި ރާއްޖޭގެ ޤައުމީ ދާރުލް އާސާރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރާއި ހއ. އުތީމު ގަނޑުވަރު އާންމުނަށް ހުޅުވިފައި ހުންނާނެ ވަގުތުތަކަށް އާންމުކޮށްފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވަފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އަކުން މެންދުރު 13:00 އަށެވެ. އަދި ޓިކެޓް ވިއްކަން ހަމަ ޖެހިފައި ވަނީ ހެނދުނު 09:15 އިން މެންދުރު 12:30 އަށެވެ.

Ad
rt

ސަރުކާރު ބަންދު ދުވަސް ތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން އިއުލާނު ކޮށްފައިވެއެވެ.

އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އަކުން މެެންދުރު 13:00 އަށެވެ. ޓިކެޓް ވިއްކާނީ ހެނދުނު 09:15 އިން މެންދުރު 12:30 ކަށެވެ.

ހުކުރު ދުވަހާއި އެކިއެކި މުނާސަބަތުތަކާއި ގުޅިގެން އުތީމު ގަނޑުވަރު ބަންދުވާނެކަމަށް ވެސް އިއުލާނު ކޮށްފައިވެއެވެ.