ދިރާސީ އާ އަހަރު، މި އަހަރުގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި 2026-2025 ގެ އެކަޑެމިކް ކަލަންޑަރ އިން ދައްކާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުުގައި ޖުމްލަ 81 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަ ޖެހިފައިވާއިރު ދެވަނަ ޓާމުގައި ކިޔަވައީދޭނީ 99 ދުވަހުއެވެ. އަދި މީގެ އިތުރުން، ފުރަތަމަ ޓާމުގެ ޗުއްޓީ ޖުލައި 24 ގައި ވާއިރު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

Ad
rt

ކޮވިޑު ހާލަތު ދިމާވުމާ ގުޅިގެން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓަށް ބަދަލު ކުރިއެވެ. އޭގެ ކުރިން ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ޖެނުއަރީގައެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާތީ މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ފަށައި ޑިސެމްބަރަށް ބަންދު ލިބޭ ގޮތަށް ބަދަލު ކޮށްދެއްވާފައެވެ. މި ބަދަލާއެކު އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށެނީ ޖެނުއަރީ 27 ގައެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.