ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ރޭ ހަމަލާދީފައިވާ ދީފިއެވެ.

މި މައްސަލަ ހިނގާފައިވަނީ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑު ކައިރީގައެވެ.

Ad
rt

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މާރާމާރީގައި ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހަކު ކަމަށާއި، އަނިޔާ ލިބުނު މީހާ މަޑުކޮށްގެން ހުއްޓައި ހަމަލާދީފައިވަނީ ކޯރާޑިއަކުންނެވެ.

އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތަމް އިބްރާހިމް (25 އަހަރު) އަދި ބ. ގޮއިދޫ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ހަފުތާގައި ވަނީ މާލޭ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ވެސް ސައިކަލެއްގައި އައި ދެ މީހަކު ކޯރާޑިއަކުން ހަމާލާދީ ޒަޚަމްކޮށްލާފައެވެ.