"ވިޒިޓް މޯލްޑިވެސް ފުރޮމް ހާޓުސީނު" ފެށުމުގެ ހަފްލާ އާމުންނަށް ހުޅުވާލައިގެން މިރޭ ހުޅުމާލޭގައި ކުރިއަށް ދާނެކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ހއ ތުރާކުނުން ސ އަތޮޅު މީދޫއަށް ކުރާ ދަތުރުގެ ހަރަކާތް އިފްތިތާހު ކުރުމަށް ހަމަ ޖެހިފައިވަނީ މިރޭ 09:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

Ad
rt

މިރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި މިހަރަކާތުގެ ޕާރޓްނަރުންނާއި ޓީމް އަދި ދަތުރު ރޭވިފައިވާ ގޮތުގެ ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރުން އޮންނާނެއެވެ.

ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ ”ހާޓުސީން“ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތިން ނެވެ.

”ހާ ޓު ސީން“ ގެ ނަމުގައި ފަށާ މި ހަރަކާތުގެ ޝިޔާރަކީ ”ޑިސްކަވަރ ދަ ރިއަލް މޯލްޑިވްސް“ އެވެ.

2 އަހަރާ ބައިގެ މުއްދަތެއްގައި ނިންމުމަށް އަމާޒުހިފާފައިވާ މިދަތުރުގައި ޔޫޓިއުބް މެދުވެރިކޮށް ކޮންމެ ރަށަކަށް 45 މިނެޓުގެ ވީލޮގް ވީޑިއޯއެއް ހެދުމަށް މިޒުވާނުން ވަނީ ތައްޔާރުވެފަ އެވެ.