މިއަހަރު ދުބާއީގައި އޮންނަ އެކްސްޕޯ އެއްގައި ބައިވެރިވުމުގެ ފުރުސަތު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ "އެކްސްޕޯ 2020" ކުރިއަށްދާނީ 20 އޮކްޓޯބަރު 2020 އިން ފެށިގެން އަންނަ 2012 ވަނަ އަހަރުގެ އޭޕްރީލް 10 ގެ ނިޔަލަށް ކަމުގައެވެ.
މި އެކްސްޕޯއަކީ ކޮންމެ ހަ އަހަރަކުން ހަ މަސް ދުވަހަށް ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕޯގައި ރާއްޖެއިން ބައިވެރި ވެވޭނީ ރާއްޖޭގައި އުފައްދާ ތަކެތި މާކެޓް ކުރުމަށް ކަމުގައެވެ.
ދުބާއީ އެކްސްޕޯގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި ޖެނުއަރީ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!