މާލޭގެ ހެންވޭރު ސަރަޙައްދުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާޚާނާއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެސްޓު ހައުސްއެއްގައި މީހަކު މަރުވެފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 2:04 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތް މީހާއަކީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގޭ، ޢަބްދުﷲ ޒަކީ (59 އަހަރު) އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ތިން މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މާލޭގެ ގޭގެއިން ފެނުނު އެ ތިން މީހުން ވެސް އޮތީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.