މިއަދު ދަންވަރު 1:26 ހާއިރު ހުޅުމާލޭ ހިޔާ ޓަވަރުން ވެއްޓުނު ކުއްކާ ނިޔާވެއްޖެ އެވެ.

ފުލުހުން ވަނީ މިކަން މީޑީޔާ ތަކަށްކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ، ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްކަމަށާއި ކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާއިންނެވެ.

Ad
rt

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާ ހިނގި ސަބަބާއި އިތުރު ތަފްސީލުތައް އަދި ހާމަކުރެވިފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާ ބެހޭ މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި، ވެއްޓުނު ކުއްޖާއަކީ ސްކޫލު ކުއްޖެއް ކަމަށް ބެލެވެއެވެ. އެ ކުއްޖާ ލައިގެން ހުރީ ހިރިޔާ ސްކޫލުގެ ލޯގޯ ޖަހާފައިވާ ޓްރެކްސޫޓެކެވެ.

"ވަރަށް ބާރު އަޑެއް އިވުނު. ދެން ބަލައިލިއިރު ކުއްޖަކު ވެއްޓިފައި އޮތީ," އެ ސަރަހައްދުގައި ހުރި އެހެން މީހަކު ބުންޏެވެ.

ހިޔާ ޓަވަރަކުން ކުއްޖަކު ވެއްޓި، ހޮސްޕިޓަލަށް

ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެމްބިއުލާންސްގައި ކުއްޖާ ގެންދިޔަ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގައިވާ ގޮތުން، އެ ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވެއެވެ.