ވޯޓަރ ބަންކަރިންގ ޚިދުމަތަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބަތް ފެން ބާޖު ތިލަފުށި ޑޮކްޔާޑުން މިއަދު ބާލަައިފިއެވެ.

އެމްޕީއެލުން ބުނީ އެ ބާޖަކީ ޖުމްލަ 150 ޓަނުގެ ފެން ރައްކާކުރެވޭ ގާބިލުކަން ލިބިފައިވާ ބާޖެއް ކަމަށެވެ. އަދި މި ފެން ބާޖް ބޭނުންކުރާނީ އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

''މިއީ އުތުރުގައި މި ކުންފުނިން ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއް'' އެމްޕީއެލުން ބުންޏެވެ.

ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.