އެފްއާރްސީ ޒޯން ފުޓްސަލް ޓޯނަމެންޓްގެ ހއ އަދި ހދ ޒޯންގެ މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފިއެވެ.
ނޮޅިވަރަމްފަރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުރައިދޫއާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމް ޢެއްވަރުވުމުން ޕެނަލްޓީ ޖަހަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް މުރައިދޫ ޓީމް ހޮވުނުއިރު ކިންގްއޮފްދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 10، އަލީ ޝާފިއުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރ 20، ހުސައިން ވިޝާލްއެވެ.
މުބާރާތުގެ ގަދަ ހަތަރު ކުޅުންތެރިންނަށް ހޮވިފައިވަނީ ނޮޅިވަރަމްފަރުގެ ޖާޒީ ނަންބަރ 10، އަބްދުﷲ ޝަފީއު އަދި އެޓީމްގެ ޖާޒީ ނަންބަރ 6، މުޙައްމަދު އަހުސަން، ހަނިމާދޫ ޓީމްގެ ޖާޒީ ނަންބަރ 12، އަލީ ހުސައިން އަދި މުބާރާތުގެ އެންމެ ގިނަ ގޯލްވެސް ކާމިޔާބުކުރި މުރައިދޫ ޓީމްގެ ޖާޒީ ނަންބަރ 20، ހުސައިން ވިޝާލްއެވެ.

ފައިނަލް މެޗުގެ ޝަރަފުވެރި ކޮށްދެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!