ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި އެވެ.

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މިއަދު ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ.

Ad
rt

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން އެއަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބިންހަވާލުކުރި ކަމުގެ ލިޔުމާއި ހަވާލުވެލެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޢަބްދުލްވާޙިދު އިބްރާހީމް އެވެ.

ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު ޙަސަންއެވެ

ހއ. ވަށަފަރު މެޖިސްޓްރޭޓް ކޯޓު މިހާރު ހިނގަމުންދަނީ ކައުންސިލާއި އެއް އިމާރާތެއްގައެވެ. ކޯޓު ހިންގުމަށް ލިބިފައިވަނީ ދެ ކޮޓަރިއެވެ