ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލަދެކުނު ޤުރުއާން މުބާރާތް 2024" ފަށައިފިއެވެ.

މި މުބާރާތުގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ. މި އަހަރު މުބާރާތް ކުރިއަށް ދަނީ އޮކްޓޯބަރ 31 އިން ނޮވެމްބަރ 02 އަށް ހަނިމާދޫގައެވެ.

Ad
rt

މި އަހަރު މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބަލައިގެން ކިޔެވުމުގައި 117 ދަރިވަރުން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ބައިގައި 86 ދަރިވަރަކު ވާދަކުރެއެވެ.

މި އަހަރު މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހިރިމަރަދޫ ސްކޫލް، ހދ.އަތޮޅު މަދަރުސާ (ވައިކަރަދޫ)، ކުރިނބީ ސްކޫލް، އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، މަކުނުދޫ ސްކޫލް، ފިނޭ ސްކޫލް، ނެއްލައިދޫ ސްކޫލް، ނައިވާދު ސްކޫލް، ނޮޅިވަރަން ސްކޫލް، ނޮޅިވަރަންފަރު ސްކޫލް، ނޭކުރެންދޫ ސްކޫލް، ކުމުންދޫ ސްކޫލް، ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހަނިމާދޫ ސްކޫލެވެ.

މި އަހަރުގެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ވަނީ އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައެވެ.