ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ.

Ad
rt

މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އަދި ބައެއް މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުމަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މީގެ ތެރޭގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ ބައްދަލުވުމުގެ އަނެއް މުހިންމު ކަމަކީ، އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) އަށް ތައްޔާރުވުމުގެ ގޮތުން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. 2024 ވަނަ އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން އޮކްޓޫބަރު 21 އިން 26 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.