މާލޭ ސަރަޙައްދުގެ ބަސް ދަތުރުތައް ފަތިހު 5 ޖަހާއިރު ފަށާގޮތަށް އެމްޓީސީސީން ނިންމައިފި އެވެ.
މި ބަދަލު ގެނެވިފައިވަނީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރުގެ އިރުޝާދުގެ ދަށުންނެވެ.
އަންނަ އާދީއްތަ ދުވަހުން (8 ސެޕްޓެމްބަރު 2024) ފެށިގެން، ގްރޭޓަރ މާލޭ ސަރަޙައްދުގެ އާރްޓީއެލް ބަހުގެ ޚިދުމަތުގެ އާރު-1، 2، 6، 7، 8، 10، 11 އަދި 12 ރޫޓްތަކުގެ ދަތުރުތައް ފަތިހު 5:00 އަށް ފެށޭނެ އެވެ. މިހާރު މި ރޫޓްތަކުގެ ބަސްތައް ދަތުރު ފަށަމުން އަންނަނީ ހެނދުނު 6:00 ގައެވެ.
އެމްޓީސީސީން ވަނީ މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުއްވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!